ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ހިސާބު: 22 ބަލި، 12 ގަދަ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 22 މީހުން ކަމަށާ 12 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 850 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 22 ސާމްޕަލެވެ. 22 މީހުންގެ ތެރެއިން 14 މީހުންނަކީ ބަންގަލްދޭޝް މީހުންނެވެ. ދެން ހިމެނެނީ ހަތަރު ދިވެހިންނާއި ލަންކާ ހަތަރު މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,305 އަށް އަރާފަ އެވެ. ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 12 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،875 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 414 މީހުންނެވެ.

ކޮވިޑަށް 47،741 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 310 މީހުންނެވެ. ކަރަންޓީންގައި ތިބީ 220 މީހުނެވެ.