ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކޮވިޑް-19: ޖެންޑާގެ ހޭދަ 2.5 މިލިއަން

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ގެންދަނީ މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވި ދިވެހިންނަށް އެހީތެރިވުމާއި ގޯތިގެދޮރު ނެތް މީހުންނަށް ވަގުތީ ހިޔާ ވަހިކަން ހޯދާ ދިނުމާއި އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން ފަދަ ގިނަ ކަންކަން ކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އެ މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެކި ކަންކަމަށް އެ މިނިސްޓްރީ މެދުވެރިކޮށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލްތައް ހާމަކޮށްފައެވެ.

ކޮވިޑްގެ ޖެންޑާ ހޭދަ

  • އަމިއްލައަށް ބޭރަށް ދިޔަ މީހުންނަށް 892،887.39
  • އެންސްޕާގެ ހަރަދުގައި ބޭރަށް ދިޔަ މީހުންނަށް 298،562.04
  • ކާއެއްޗެހި 1،902،851.20
  • ބޯހިޔާވަހިކަން 96،000
  • ކާބޯތަކެތި 553 ކެޕާ ޕެކް
  • ވަކިވަކި އާއިލާތަކަށް 273 ކެއާ ޕެކް
  • ވަގުތީ ހިޔާ އަދި ލޮކްޑައުންގައި ތިބި މީހުންނަށް 50،314 މީލްސް
  • އެހެނިހެން 589،495.27

މީގެ އިތުރުން ވަގުތީ ބޯހިޔާވަހިކަން 397 މީހަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ކުލި ނުދެއްކިގެން ހުށައެޅުނު މައްސަލަތަކާއި ގުޅިގެން 252 މީހުންގެ ތެރެއިން 112 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހަރަދު ކުރެވުނު ފައިސާ ހަމަޖެހިފައިވަނީ ޒަކާތު ފަންޑާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް ފިނޭންސް އަދި ބަނޑޭރި ޕޭ މެދުވެރިކޮށާއި ކެނެޑާ ފަންޑުން ކަމަށެވެ.

އެގޮތުން ޒަކާތު ފަންޑުން 1 މިލިއަން ރުފިޔާއާއި ޔުނިސެފުން 360،000 ރުފިޔާއާއި ފިނޭންސް މިނިސްޓްރީން 1 މިލިއަން ރުފިޔާއާއި ބަނޑޭރި ޕޭ އިން 187،150 ރުފިޔާ އަދި ކެނެޑާ ފަންޑް އިން ކޮމިޓްކުރި 1.5 މިލިއަން ހިމެނޭ ކަމަށެވެ.