މޯލްޑިވްސް ޕޮލިސް ސާވިސް

ރޭޕް ކޭސް: ސީޕީގެ ނުފޫޒެއް ނެތް

ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ މައްސަލަ ނުބަލަން ނުވަތަ މައްސަލައިގެ ތަހުގީގުގައި ވަކި ގޮތަކަން އަމަލު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް، އެއްވެސް ފުލުހަކަށް އަންގާފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި ދެ ދިވެހިން ހައްޔަރު ކުރުމަށް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ. އެ ދެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި ދެ ދިވެހިން ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ފުލުހުންގެ ބެލުމުގެ ދަށުން މިހާރު އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް މިއީ މިފަދަ މައްސަލަތަކުގައި މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. މީގެ ކުރިން މިފަދަ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރާ މީހުން ދޫވެފައިވަނީ މުއްދަތު މަޖިލީހުން ކޯޓް މެދުވެރިކޮށެވެ. ނަމަވެސް މި މައްސަލާގައި ފުލުހުން އަމަލުކުރި ގޮތުން ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި މައްސަލާގައި ޝާމިލް ވަނީ ނުފޫޒުގަދަ ބޭފުޅަކާ ގުޅުންހުރި ބައެއް ކަމަށް ބުނެ ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ.

ފުލުހުން ބުނީ ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ މައްސަލަ ނުބަލަން ނުވަތަ މައްސަލައިގެ ތަހުގީގުގައި ވަކި ގޮތަކަން އަމަލު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، އެއްވެސް ފުލުހަކަށް އަންގާފައިނުވާ ކަމަށެވެ. އަދި މި މައްސަލަ އަކީ މިހާރުވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

"މައްސަލަ ތަކުގެ ތަހުގީގުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އުސޫލުތަކުގެ ތެރެއިން ކުރުމުގެ ބާރާއި މިނިވަންކަން ތަހުގީގު ކުރާ ފަރާތްތަކަށް އަބަދުވެސް އޮންނާނެ،" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ [ރޭޕް ކޭސް] ނުބަލަން ނުވަތަ މައްސަލައިގެ ތަހުގީގުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްގެ ފަރާތުން އެއްވެސް ފުލުހަކަށް އަންގާފައިނުވާނެ ކަމަށް ދަންނަވަން.
ފުލުުހުންގެ އިދާރާ

ފުލުހުން ފުރަތަމަ ބުނި ގޮތުގައި އެ މައްސަލައިގައި ދިވެހި ދެ ފިރިހެނަކު ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ. ނަމަވެސް އެ ފަދަ ބަޔަކު ދޫކޮށްލަންޖެހޭ ސަބަބެއް ބުނެއެއް ނުދެވުނެވެ.

މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ތަފާތު ވާހަކަތަކާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް ފުލުުހުން ވަކި އެއްޗެއް ނުބުންޏެވެ.