އެތުލެޓިކޯ މެޑްރިޑް

ސިމިއޯނޭގެ ރެކޯޑާއެކު އެތުލެޓިކޯ މަގާމު ދަމަހައްޓައިފި

އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ހެދި ރެކޯޑާއެކު، ޑިޕޯޓިވޯ އަލްވޭޒް އަތުން 2-1 ން މޮޅުވެ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައި، އެތުލެޓިކޯ އިން ތާވަލުގެ ތިން ވަނައިގައި ހަމަޖަހެިލައިފި އެވެ.

އަލްވޭޒް އަތުން މޮޅުވެ، ސިމިއޯނޭގެ ކޯޗް ކަމުގައި އެތުލެޓކޯ ވަނީ ސްޕެއިންގެ އެންމެ ޓޮޕް ޑިވިޝަންގައި 165 މެޗުން މޮޅު ވެފަ އެވެ. ކުރިން މި ރެކޯޑް އޮންނަނީ އެތުލެޓިކޯ އާއި ސްޕެއިންގެ ލެޖެންޑަރީ ކޯޗް ލުއިސް އަރަގޯނޭޒް އަތުގަ އެވެ. ސްޕެއިން އަށް 2008 ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދައިދިން އަރަގޯނޭޒް ވަނީ އެތުލެޓިކޯ އާއެކު ސްޕެއިންގެ ޓޮޕް ޑިވިޝަންގައި 164 މެޗުން މޮޅު ވެފަ އެވެ. އުމުރުން 75 އަހަރުގައި އަރަގޯނޭޒް މަރުވީ ފެބްރުއަރީ 2014 ގަ އެވެ.

އެތުލެޓިކޯ ތިން ވަނައިގައި އޮތީ، ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ، ހކުރު ދުވަހުގެ ރޭ ރެއާލް ވަޔަޑޮލިޑް އަތުންވެސް އެއްވަރުވި ސެވިއްޔާ އެވެ.

އަލްވޭޒް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި، އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބު ކުރީ ސައުލް އާއި ޑިއޭގޯ ކޮސްޓާ އެވެ. ކޮސްޓާ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އަލްވޭޒްގެ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޮސެލޫ އެވެ.