ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 800 ޓެސްޓުން ޕޮޒިޓިވް 19

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 862 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 19 ސާމްޕަލެވެ. ގިނައީ ބިދޭސީންނެވެ. 19 މީހުންގެ ތެރެއިން hަތް މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ ހަތް މީހަކާއި އިންޑިއާ ދެ މީހުންނެވެ. މިއަދު ޕޮޒިޓިވްވީ 19 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2،324 އަށް އަރާފައެވެ.

ކޮވިޑަށް 48،603 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 311 މީހުންނެވެ. ކަރަންޓީންގައި ތިބީ 226 މީހުނެވެ.