ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

48 މީހުން ގަދަވެއްޖެ، ފަރުވާގައި 400

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 48 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 2,324 މީހަކަށެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1،911 މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އެއީ ބަލި ޖެހުނު މީހުންގެ 85 ޕަސެންޓެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވީ 48 މީހުންނެވެ.

މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުންދަނީ 400 މީހުންނެވެ. އޭގެ ތެރެއިން 11 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލްގައެވެ.