ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ހިސާބު: 16 ގަދަ، 13 ބަލި

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 13 މީހުން ކަމަށާ 16 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 735 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 13 ސާމްޕަލެވެ. 13 މީހުންގެ ތެރެއިން ފަސް ދިވެހިންނާއި ބަންގަލްދޭޝްގެ ހަތް މީހުންނާއި އިންޑިއާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,337 އަށް އަރާފަ އެވެ. ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 16 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،927 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 397 މީހުންނެވެ.

ކޮވިޑަށް 49،338 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 303 މީހުންނެވެ. ކަރަންޓީންގައި ތިބީ 132 މީހުނެވެ.