ޔުވެންޓާސް

ކޯޗެއްގެ ގޮތު ޕިރްލޯ އެނބުރި ޔުވެންޓަސްއަށް

ޔުވެންޓަސްގެ ކުރީގެ ކެޕްޓަން އެންޑްރެއާ ޕިރްލޯ، ކޯޗެއްގެ ގޮތުގައި އެ ކުލަބަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.

ސޭރީ ސީ ގައި ވާދަ ކުރަމުން އަންނަ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ކަމާ ހަވާލުވުމަށް ޕިރުލޯ ވަނީ އެއްބަސް ވެފަ އެވެ. އެ ފުރުސަތު ވެގެންދާނީ 2017 ވަނަ އަހަރު ކުޅުން ހުއްޓާލި ޕިރްލޯ ކޯޗެއްގެ ގޮތުގައި ކުރާ ފުރަތަމަ މަސައްކަތަށެވެ.

އެ ޓީމުގެ މިހާރުގެ ކޯޗް ފަބިއޯ ޕެޗިއާ މަގާމު ދޫކޮށްލުމަށް ވަނީ ނިންމާފަ އެވެ. ކޮރޯނޯ ވައިރަސްއާ ގުޅިގެން ފުޓްބޯލް މެދުކަނޑާލުމުގެ ކުރިން ޕެޗިއާގެ ކޯޗް ކަމުގައި ޔުވެންޓަސްގެ ޒުވާން ޓީމުން ވަނީ ސޭރީ ސީ ޑިވިޝަންގެ ކަޕް ޗެމްޕިއަންކަން ހޯދާފަ އެވެ. އެހެން ނަމަވެސް އަންނަ ސީޒަނުން ފެށިގެން އޭނާގެ ބަދަލުގައި އެ ޓީމުގައި މަސައްކަތް ކުރާނީ ޕިރްލޯ އެވެ.

އިޓަލީގެ ރިޕޯޓްތައް ބުނާ ގޮތުން، ޕިރްލޯގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާގެ ގާތް ރައްޓެއްސެއް ކަމަށްވާ ރޮބާޓޯ ބަރޯނިއާ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. ބަރޯނިއޯ މިހާރު މަސައްކަތް ކުރަމުން ދަނީ ނަޕޯލީގެ 19 އަހަރުން ދަށުގެ ޓީމުގަ އެވެ.

ޕިރްލޯގެ ކެރިއަރުގައި އެންމެ ގިނަ ދުވަސް ވަންދެން އޭނާ ކުޅުނީ އޭސީ މިލާން އަށެވެ. އެ ކުލަބަށް ދެ އަހަރު ވަންދެން ކުޅުނެވެ. ސެރީ އޭ ގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދި ޕިރްލޯ ވަނީ އިޓަލީ އާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.