ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އާސަންދަ 21 ޕަސެންޓް، ސަބްސިޑީ 9 ޕަސެންޓް އިތުރުވެއްޖެ

Jul 2, 2020

ދައުލަތުގެ ހިލޭ ބޭސް ފަރުވާނެ ނިޒާމް، އާސަންދައިން ކުރި ހޭދަ އާއި ދައުލަތުން ސަބްސިޑީ ދޭން ކުރި ހޭދަ ބޮޑުތަނުން މަތި ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ނިމިދިޔަ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އާސަންދަ އިން 516.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އާސަންދައިން ހޭދަކޮށްފައިވަނީ 406.0 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 21 ޕަސެންޓު އިތުރު ވުމެކެވެ.

އާސަންދައިގެ އިތުރުން ދެން އެންމެ ބޮޑަށް މަތިވެފައިވަނީ ސަބްސިޑީ ދިނުމަށް ކުރެވުނު ހޭދަ އެވެ. މި އަހަރުގެ މިހާތަނަށް ސަބްސިޑީ ދޭން 598.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި މުއްދަތުގައި ސަބްސިޑީގެ ހޭދަ އުޅެނީ 543.2 މިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިއީ މިދިޔަ އަހަރާ އަޅާބަލާއިިރު ނުވަ ޕަސެންޓް އިތުރު ވެފަ އެވެ.

އާސަންދައިގެ ހޭދަ މަތިވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ހޭދަކޮށްފައިވުމެވެ. އަދި ސަބްސިޑީ މަތިވެފައި މިވަނީ ވެސް ކޮވިޑް-19 އާ ގުޅިގެން ކުރި ހޭދަ މަތިވުމެވެ.