ވޯލްޑް ބޭންކް

މާލީ ރިފޯމު އެޖެންޑާ ތަންފީޒުކުރަންޖެހޭ: ވޯލްޑް ބޭންކް

ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުގެ މާލީ ރިފޯމް އެޖެންޑާ ތަންފީޒުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އާންމުކުރި ރާއްޖޭގެ ޑިވެލޮޕްމެންޓް އަޕްޑޭޓްގައި ބުނެފައިވަނީ މި އިސްލާހީ މަސައްކަތުގައި އެ ބޭންކުން ރާއްޖެއަށް އެއްބާރުލުންދޭނެ ކަމަށެވެ.

އެ ގޮތުން މިހާރު ފުޅާ ދާއިރާއެއްގައި ދެމުންދާ ސަބްސިޑީތައް ރިފޯމް ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުން ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

މީގެ އިތުރުން އާސަންދައަށް ކުރާ ހޭދަ ހަރުދަނާކުރުމާއި ކެޕިޓަލް ހަރަދުތައް ތަރުތީބުކުރުންވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުން ފަތުރުވެރިކަމާއެކު ރާއްޖޭގެ އިގުތިސޯދު މި އަހަރު 4.7 ޕަސެންޓް ކުރި އަރާނެ އެވެ.