ވިޔަފާރި

ވެސްޓިން ހޮޓެލްސް އިން ޗައިނާގެ ތަރިއަކާއެކު ކެމްޕޭނެއް

Jul 2, 2020
1

ރާއްޖޭގެ މިރިޔަންދޫ ރިސޯޓު ހިންގާ ހޮޓެލް ޗެއިން ވެސްޓިން ހޮޓެލްސް އިން، ޗައިނާގެ މަޝްހޫރު ތަރިއަކާއެކު ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ބުނި ގޮތުގައި ޗައިނާގެ މަޝްހޫރު ސެލެބްރިޓީ އަދި ފިލްމީ ތަރި ހުއަން ޝިޔާންއާއެކު ކުރިއަށް ގެންދާ ހާއްސަ ކެމްޕޭންގައި އެ ކުންފުނީގެ މައިގަނޑު އަސާސުތައް ކަމަށްވާ "ސްލީޕް ވެލް" އަދި "މޫވް ވެލް" ގެ އިތުރުން "އީޓް ވެލް" ގެ ގިނަ ވާހަކަ ތަކެއް ކިޔައިދެ އެވެ.

މި ވީޑިއޯގައި ވެސްޓިން މިރިޔަންދޫ ރިސޯޓުގެ ހިތްގައިމު މާހައުލުގެ އިތުރުން ވެސްޓިކް ކުންފުނިން ދުނިޔޭގައި ހިންގާ ބައެއް ރިސޯޓުތަކުގެ މައުލޫމާތު ފެނިގެންދެ އެވެ. މި ކެމްޕޭން ވީޑިއޯގައި ވެސްޓިން ބްރޭންޑުގެ ދަށުން ލިބޭ ހުރިހާ ހިދުމަތެއް ދައްކާލާފައިވެ އެވެ.

ހުއަންއާއެކު ތައްޔާރުކޮށްފައިވާ މި ކެމްޕޭންގައި ވެސްޓިން ކުންފުނި، އެ ކުންފުނީގެ ރިސޯޓުތަކަށް ހާއްސަކޮށް އުފައްދާފައިވާ ހެވަންލީ ބެޑްސްގެ އުފެއްދުންތައް ދައްކާލަ އެވެ. ހެވަންލީ ބްރޭންޑްއަކީ ހައި އެންޑް މާކެޓަށް ބޭނުންވާ ގޮދަށިއާއި މިފަދަ ތަކެތި ވިއްކާ ބްރޭންޑެކެވެ.

ވެސްޓިން ބްރޭންޑުގައި 40 ގައުމެއްގައި 225 ހޮޓެލް ހިންގަ އެވެ. މިރިޔަންދޫ ރިސޯޓަކީ ބ. އަތޮޅުގައި ހިންގާ ރިސޯޓެވެ. މި ރިސޯޓުގައި 70 ވިލާ އާއި 29 ވޯޓާ ވިލާގެ އިތުރުން 41 ސުއިޓް ހުރެ އެވެ. މިއީ މަތީ ފަންތީގެ ރިސޯޓެކެވެ.