ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 11 ވަނަ މީހާއެވެ. މިރޭ މަރުވެފައިވަނީ އިންޑޮނޭޝިއާގެ ފިރިހެނެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި އެންމެ ހަގު މީހާއެވެ. އޭނާގެ އުމުރަކީ 39 އަހަރެވެ. ރޭވެސް މި ބަލީގައި މީހަކު މަރުވިއެވެ. ރޭ މަރުވެފައިވަނީ 92 އަހަރުގެ ދިވެއްސެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ. ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

ކޮވިޑް ޖެހުނު އުމުރުން 80 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ބަލިން ރަނގަޅުވީ ފަހުންނެވެ. އޭނާއަކީ ބަނޑުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.