ޔުވެންޓާސް

ބުފޮންގެ ރެކޯޑާއެކު ޔުވެންޓަސްއަށް ބޮޑު ލީޑެއް

ޖިއާންލުއީޖީ ބުފޮން ހެދި އިޓަލިއަން ލީގްގައި އެންމެ ގިނައިން މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޮޑާއެކު ޔުވެންޓަސް އިން ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިންޓްގެ ލިޑެއް ނަގައިފި އެވެ.

ޓޫރިން ޑާބީގައި ޓޮރިނޯގެ މައްޗަށް ޔުވެންޓަސް ކާމިޔާބު ހޯދީ 4-1 ންނެވެ. ރޭ ކުޅުނު މެޗާއެކު އޭނާ ވަނީ ލީގްގައި 648 މެޗު ކުޅެފަ އެވެ ކުރިން އެ ރެކޯޑް އޮންނަނީ އޭސީ މިލާންގެ ލެޖެންޑް ޕައޮލޯ މަލްޑިނީ އަތުގަ އެވެ.

ސޭރީ އޭ ގައި ބުފޮން އެންމެ ފުރަތަމަ މެޗެއް ކުޅުނީ އުމުރުން 17 އަހަރުގައި ޕާމާގައި 1995 ގަ އެވެ. އެ ކުލަބުގައި ހަ އަހަރު ކުޅެ، ލީގްގައި 168 މެޗު ކުޅުނެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވީ 2001 ވަނަ އަހަރު އެވެ. އިޓަލީގެ ފުޓްބޯޅައިގައި މެޗު ފިކްސިންގެ މައްސަލަތަކެއް ހިނގައި ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމުންވެސް ބުފޮން އެ ޓީމުގައި މަޑު ކުރި އެވެ. އޭނާ ވަނީ ސޭރީ ބީ ގައިވެސް 37 މެޗު ކުޅެފަ އެވެ.

ސޭރީ އޭ ގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިން

  • ޖިއާންލުއީޖީ ބޮފޮން 648 މެޗު
  • ޕައޮލޯ މަލްޑިނީ 647 މެޗު
  • ފްރެންޗެސްކޯ ޓޮޓީ 619 މެޗު
  • ހާވިއޭ ޒެނެޓީ 615 މެޗު

ޔުވެންޓަސް ބުފޮން ދޫކޮށްލުމަށް ފަހު އޭނާ ޕީއެސްޖީއަށް ބަދަލުވީ 2017-18 ގަ އެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވެސް އެއް ސީޒަން އެ ޓީމުގައި ހޭދަ ކުރި އެވެ. ފްރާންސްގެ ލީގް 1 ގައި 17 މެޗު ކުޅުނެވެ.

ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބު ކުރީ ޕައުލޯ ޑިބާލާ، ހުއާން ކްއެޑްރާޑޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑަކީ ޓޮރިނޯގެ ކޮފީ ޖިޖީ އަތުން ބައިކޮލަށް ވަން ލަނޑެކެވެ. ޓޮރިނޯގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އަންޑްރެއާ ބެލޮޓީ އެވެ.

ދެ އަހަރު ތެރޭ ފްރީ ިކުން ކާމިޔާބު ކުރި ލަނޑާއެކު ރޮނާލްޑޯ ވެފައި ވަނީ 58 އަހަރު ތެރޭ ޔުވެންޓަސްގައި 58 ތެރޭ ޔުވެންޓަސްގައި 25 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭގެ ކުރިން ޔުވެންޓަސްގައި 25 ލަނޑު ޖެހީ 1960-61 އޮމަރު ސިވަރީ އެވެ. އުމުރުން 69 އަހަރުގައި އޭނާ ވަނީ ފެބްރުއަރީ 2005 ގައި މަރުވެ ފަ އެވެ.

ޔުވެންޓަސް އަށް ހަތް ޕޮއިންޓްގެ ލީޑެއް ނެގުނީ ދެ ވަނައިގައި އޮތް ލާޒިއޯގެ މައްޗަށް 3-0 ން އޭސީ މިލާން ކުރި ހޯދުމުންނެވެ. މިލާންގެ ލަނޑުތައް ކާމިޔަބު ކުރީ ހާކަން ކަހޮނުގުލޫ، ޒްލަޓާން އިބްރޮހިމްވިޗް، އަދި އެންޓޭ ރެބިޗް އެވެ.