ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެކްސިކޯގެ މަރުގެ އަދަދު 30،000 އަށް ވުރެ މައްޗަށް

Jul 5, 2020

ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ މެކްސިކޯގައި ބަލި ޖެހުނު މީހުންގެ އަދަދު 30،000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ އެކަނި ކޮވިޑް-19 ޖެހިގެން 523 މީހުން މަރުވެފައިވާއިރު، އެ ބަލީގެ ޝިކާރައަކަށްވެފައިވާ ޖުމްލަ އަދަދު މިހާރު 30،366 އަށް އަރާފައިވާ ކަމަށެވެ.

އެއާއެކު މުޅި ދުނިޔޭގައި ވެސް އެ ބަލި ޖެހިގެން ފަސް ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް މެކްސިކޯ ވަނީ ވެފަ އެވެ.

އޭގެ އިތުރުން، އެއް ދުވަހުން އެ ބަލި ޖެހުނު މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެ، ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 252،100 ހުރަސްކޮށްފަ އެވެ.

ނަމަވެސް، އެކަށީގެންވާ މިންވަރަށް ޓެސްޓު ނުކުރެވުމުގެ ސަބަބުން، އެ އަދަދުތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

އިގުތިސޯދު ވަޅުޖެހުމުގެ ސަބަބުން، މެކްސިކޯގައިވެސް ފިޔަވަޅުތައް ލުއި ކުރަމުން އަންނައިރު، ބަލި ފެތުރޭ މިންވަރު އިތުރަށް ހަލުއިވެދާނެކަމުގެ އިންޒާރު އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ދީފަ އެވެ.