ރާއްޖެ ކުޅިވަރު

ގައުމީ ކަސްރަތު މުބާރާތުގައި ކުރީގެ ކުޅުންތެރިން ވާދަކުރަނީ

Oct 1, 2015

މިއަދު ފަށާ ގައުމީ ކަސްރަތު މުބާރާތުގައި ރިޓަޔާކޮށްފައިތިވި ކުރީގެ ކުޅުންތެރިން ބައިވެރިކުރުމަށް ވެޓަރަންސް ކެޓަގަރީ ތައާރަފްކޮށްފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނި މި ގޮތަށް ހަމަޖެއްސީ މި އަހަރަކީ މި މުބާރާތް ބާއްވާތާ ރިހިޔޫބީލް އަހަރަށްވުމުން ކަމަށެވެ.

މި ގޮތުން ވެޓަރަންސް ބައިގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ ވެސް ވަނީ ހިމަނައިފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ނިމޭ މުބާރާތުގައި މިހާތަނަށް 21 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި 14 އިވެންޓެއް ބާއްވާނެ އެވެ. މީގެ ތެރޭގައި ވެޓަރަންސްބައިގައި ހިމަނާފައިވަނީ ދުވުމާއި ޝޮޓްފުޓެވެ.