ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ 33، ރަނގަޅުވީ 19 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 33 މީހުން ކަމަށާ 19 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއީ ލޮކްޑައުންއަށް ލުއިދިންފަހުން އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 893 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 33 މީހުން ކަމަށެވެ. އެއީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހުންނާއި އިންޑިއާގެ ތިން މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,468 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،049 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 404 މީހުންނެވެ.

ކޮވިޑަށް 56،2138 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 11 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ ރޭގެ ވަގުތެއްގައެވެ. އެއީ 77 އަހަރުގެ އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވި އެ އަންހެން މީހާއަކީ މީގެ ދެ ދުވަސް ކުރިން ކޮވިޑް ބަލީގައި މަރުވި 92 އަހަރުގެ މީހާގެ އަނބިމީހާ އެވެ.