ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް: ފިޔަވަޅުތައް ހަރުކަށިކުރަން މައުމޫން ގޮވާލައިފި

Jul 6, 2020
5

ކޮވިޑް-19ގައި މީހުން މަރުވާ މިންވަރު އިތުރުވަމުންދާތީ ލޮކްޑައުންއަށް ދީފައިވާ ލުއިތައް ނެގުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ އާއި މިއަދު ވަނީ ދުވަސްވީ ދެ މީހަކު މަރުވެފަ އެވެ. އެއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވައި ކުރީގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ފެތުރެމުންދާ މިންވަރާއި މަރުވާ މީހުންގެ އަދަދަށް ބަލާއިރު ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް އަޅަން ޖެހިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އޮތޯރިޓީސްތަކަށް ގޮވާލަން އަލުން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށަން، އަދި އެ ފިޔަވަޅުތައް ހަރުކަށިކަމާއެކު ތަންފީޒު ކުރުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު މާލޭގެ ލޮކްޑައުންއަށް މިހާރު ވަނީ ވަރަށް ބޮޑު ލުއިތަކެއް ދީފަ އެވެ. ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް ހުޅުވާލާފަ އެވެ. އެއްވެސް ހުއްދައަކާ ނުލާ ބޭރުގައި އުޅެވޭއިރު ކެފޭ ރެސްޓޯރެންޓްތައް ވެސް ވަނީ ހުޅުވާލާފަ އެވެ.

މި ލުއިތައް ދިން ފަހުން އެންމެ ގިނައިން ކޭސްތައް ފެނުނު ދުވަހަކީ އިއްޔެ އެވެ. އެގޮތުން އިއްޔެ ވަނީ 33 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އައިޖީއެމްއެޗްގައި ވެސް ކޮވިޑް ފެތުރި 15 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.