ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން 24 ގަޑިއިރު ތެރޭ އިތުރު މަރެއް

ކޮވިޑް ޖެހިގެން 24 ގަޑިއިރު ތެރޭ އިތުރު މީހަކު މަރުވެއްޖެ އެވެ.

މި ފަހަރު މަރުވީ އުމުރުން 59 އަހަރުގެ އަންހެނެ ކެވެެ. އެއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 58 އަށް ވަނީ އަރައިފަ އެވެ.

މިއަދު މަރުވި މީހާ އައިޖީއެމްއެޗްއަށް ގެނައީ ފަތިހު 03:17 ކަންހާއިރު އެވެ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ހަރަކާތް ނުކުރާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް ޖެހިގެން 78 އަހަރުގެ އަންހެނަކުވެސް ރޭ ވަނީ މަރުވެފަ އެވެ. ހާލަތު ދެރަވެެގެން ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ. އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ ފަހުން ހެދި ޓެސްޓުތަކުން ނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،308 މީހުންނެވެ. މިހާތަނަށް 15،142 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 206 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މި މަހު ކޮވިޑް ޖެހިގެން ފަސް މީހަކު މަރުވިއިރު މިދިޔަ މަހު ބަލީގައި ހަތަރު މީހަކު މަރުވި އެވެ.