ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑު ޖެހިގެން ދިވެއްސަކު މަރުވެއްޖެ

Sep 1, 2020

ކޮވިޑު ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް) ގައި އެޑްމިޓްކޮށްފައި އޮތް މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި މަރުވެފައިވަނީ 79 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއަދުގެ މަރާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 29 އަށް ވަނީ އަރައިފަ އެވެ. މިއީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ކޮވިޑް މަރެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް މަޑުޖެހުމެއް އައިސްފައިނުވާއިރު، މިދިއަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެއާއެކު މިއަދު ރާއްޖޭގެ އަދަދު ވަނީ 7,804 އަރާފައެވެ.