ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑު ޖެހިގެން ދިވެއްސަކު މަރުވެއްޖެ

Oct 17, 2020

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ ދިވެއްސަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ. އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޔަގީންކޮށްދީފަ އެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު ބުނީ މިއަދު ހެނދުނު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއަދުގެ މަރާއެކު ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވި މީހުން އަދަދު ވަނީ 36 އަށް އަރައިފަ އެވެ.

ރާއްޖޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 11،154 އިން މައްޗަށް އަރާފައިވާއިރު، ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.

އަތޮޅުތަކުން 20 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 19 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.