ހަބަރު

ކެލާ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ނިންމަން ހަވާލުކޮށްފި

ހއ. ކެލާގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ބީލަން އުސޫލުން ހޮވުނު "މަންގަނޑު" ކިޔާ ކުންފުންޏަކާ ކަމަށެވެ.

ޖުމްލަ 496،502.50 ރުފިޔާ ހަރަދުވާ މި މަސައްކަތަކީ ކެލާއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ފަންނީ ލަފައާއިއެކު، ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތަކީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން ހަރަދުކޮށެގްން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 90 ދުވަހުންގެ ތެރޭގައެވެ.