ހަބަރު

ކަނޑޫފާތައް މަރުވާ ސަބަބު ބަލަން ފަށައިފި

Jul 7, 2020

ހއ. ކެލާގެ ކަނޑޫފަލާއި، ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ދިރާސާއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދެއް ނެތެމުންދާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

އީޕީއޭއިން ބުނީ، އެ ދިރާސާ ކުރާ ޓީމު އިއްޔއ ކެލާއަށް ގޮސްފައިވާ ކަމަށާއި، އަދި މި ހަފުތާގެ ނިޔަލަށް ނޭކުރެންދޫއަށް ވެސް ދާނެ ކަމަށެވެ.

ކަނޑޫފާތައް މަރުވުމަށް ގިނަ ސަބަބުތަކެއް މެދުވެރިވެ އެވެ. މި ދެ ކަނޑޫފަލަކީ ވެސް ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތް ކޮށްފައިވާ ދެ ސަރަހައްދެކެވެ.