ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ދޫނިތައް މަރާލުމުން އިހުތިޖާޖަށް ނުކުންނަނީ

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލި މައްސަލަ ހޫނުވެ އެ މައްސަލާގައި އިހުތިޖާޖު ކުރުމަށް ޒުވާނުންގެ ބަޔަކު ނިންމައިފި އެވެ.

ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ރެއިން ފެށިގެން އެ މައްސަލަ އާންމުންގެ ސަމާލު ކަމަށް އައިސް ބޮޑު މައްސަލައަކަށް އެކަން ވަނީ ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މައިގަނޑުކޮށް ދައްކަމުން ދަނީ އެ ވާހަކަތަކެވެ.

މިއަދުގެ އިހުތިޖާޖު އިންތިޒާމު ކުުރުމުގައި އިސްކޮށް އުޅޭ ބައެއް ޒުވާނުން ބުނީ އިހުތިޖާޖު ފެށޭނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުން ކަމަށެވެ. އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވުމަށްވެސް ވަނީ އެދިފައެވެ.

އްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލީ ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އޭޖީން ވަނީ އެކަން ދޮގުކޮށްފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލުމުގެ ބަދަލުގައި ފޮނުވާލެވެން އޮތް ކަމަށާއި ލަފާ ދީފައިވާނީ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ކަމަށް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފައެވެ.

ދޫނިތައް އެތެރެކުރި ޕެޓްމާސްގެ މެނޭޖަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޕެޓްމާސް އިން ބުނާ ގޮތުގައި ނައްތާލި ދޫނި ތަކުގެ އަގު އަށްލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ. އެހެންވެ އެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރުއީ ހުރިހާ މަރުހަލާ އަކަށްވެސް ދިއުމަށް ނިންމާފަ އެވެ.