ހަބަރު

ކެލާ އިން ފެނުނު ގަހަށް "ކެލަވަކި" ކިޔައިފި

ރާއްޖެއިން އަލަށް ފެނުން ކަނޑުލުގެ ބާވަތަށް ނަމެއްދީފި އެވެެ.

އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ ބުނީ ރާއްޖެ އިން އަލަށް ރެކޯޑު ކުރި މެންގްރޯވް އަށް ދިވެހި ބަހުގެ އެކަޑަމީ އިން ދީފައިވާ ނަމަކީ "ކެލަވަކި" ކަމަށެވެ. މިއީ "ބުރުގެރިއާ ހެނެސީ" (Brugueira hainesii) ބާވަތުގެ ގަހެއް ކަމަށާއި ކެލަވަކި ނަން ދިނީ މި ބާވަތް ފުރަތަމަ ފަހަރަށް ޔަގީން ކުރެވުނު ރަށަށް ނިސްބަތްކޮށް ކަމަށެވެ.

މި ގަސްތައް ފެނިފަައިވަނީ މި މަހު ކުރީކޮޅު ހއ. ކެލާގެ ކުޅިންނެވެ. މިނިސްޓްރީން ބުނީ އެ ގަހަކީ، ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތި ދިއުމުގެ ބިރު ހީވެފައިވާ މެންގްރޯވް ގަހުގެ ވައްތަރެއް ކަމަށެވެ.

ހެނެސީ ގަހަކީ އިޔޫސީއެންގެ ރެޑް ލިސްޓުގައި ނެތިިދާނެ ކަމުގެ ބިރު ހީވެފައިވާ ކެޓަގަރީ ލިސްޓުގައި ހިމެނޭ ބާވަތެކެވެ. މިދިޔަ މާޗް މަހު ހިންގި އެކޮލޮޖިކަލް ސާވޭގެ ތެރެއިންވެސް އެ ބާވަތުގެ ހަތަރު ގަހެއް ފެނިފައިވާކަމަށްވެ އެވެ.

އެންވަޔަރަމަންޓުން ބުނީ އެމީހުންގެ ސާވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ މި ބާވަތުގެ 200 ގަހެވެ.

ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން ވަނީ 14 ބާވަތެއްގެ ކަނޑޫ ގަސް ރެކޯޑް ކޮށްފަ އެވެ.