ވިޔަފާރި

ފްރާންސްގެ "އާރް އެފްއެމް" ރޭޑިއޯގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

Oct 1, 2015

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އިން ބުނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ރޭޑިއޯއަކީ 1986 ވަނަ އަހަރުން ފެށިގެން ފްރާންސުގައި ހިންގަމުން ގެންދާ ރޭޑިއޯ އެކެވެ.

އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން ރާއްޖެއާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ހާއްސަ ކުއިޒެއް ކުރިއަށް ގެންދެ އެވެ.

މި ކުއިޒުގައި ރާއްޖެއާ ބެހޭ ސުވާލުތައް ކުރާނެ އެވެ. މި ކުއިޒުން ހޮވޭ ދެ ފަރާތަކަށް ކޮކޯ ދުނިކޮޅު ރިސޯޓާއި ސަން ސިޔާމް ރިސޯޓުގައި ހަތް ރޭ ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ފްރާންސަކީ ރާއްޖޭގެ އެންމެ ޓްރެޑިޝަނަލް އެއް މާކެޓެވެ. މި ގައުމުން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 27،274 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.