ވިޔަފާރި

ދިރާގަށް މަރުހަބާ! ކަސްޓަމަރުންނަށް ހިލޭ ޑޭޓާ!

Oct 1, 2015

ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ފޮނުވައިފި އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ޕޯސްޓް ޕެއިޑާއި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ފޮނުވާފައިވާ ކަމަށެވެ.

މި ހަދިޔާގެ ދަށުން ޓަޗް ނެޓް ބޭނުންކުރާ ކަސްޓަމަރުންނަށް ފަސް ޖީބީ ލިބެ އެވެ. ފިކްސް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީގެ ޑޭޓާ ލިބެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުގެ 27 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، އެ ކުންފުނިން ވަނީ މިމަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދީފަ އެވެ. ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ދޫކުރަމުން ގެންދާ މި ހިދުމަތުގެ އިތުރުން އެ ކުންފުނިން މިހާރު ވަނީ އާބާދީގެ 50 ޕަސެންޓަށް ފޯޖީގެ ހިދުމަތް ވެސް ދޭން ފަށާފަ އެވެ.