ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޮންލައިންކޮށް ކިޔަވައިދޭނަމަ ބޭރުގެ ދަރިވަރުން ފޮނުވާލަނީ

Jul 7, 2020

ވޮޝިންގްޓަން (ޖުލައި 7) - ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދާ ކޯސްތަކުގައި އުޅޭ ބޭރުގެ ދަރިވަރުންނަށް ވިސާ ދޫނުކުރަން އެމެރިކާގެ ކަމާގުޅޭ އިދާރާއިން ނިންމައިފި އެވެ.

އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން އާއްމުކުރި އާ އުސޫލުތަކުގެ ދަށުން، ކުރިއަށް އޮތް ސެމެސްޓާގައި ހުރިހާ ކްލާސްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޮލެޖުތަކާއި ޔުނިވާސިޓީގައި ކިޔަވާ ބޭރުގެ ދަރިވަރުންނަށް ވިސާ ދޫނުކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން، މިހާރު އެމެރިކާ ތިބި ބޭރުގެ ދަރިވަރުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވައިދޭ ކޮލެޖަކަށް ބަދަލުނުވެއްޖެނަމަ، އަނބުރާ ފޮނުވާލުމުގެ މަރުހަލާ ފަށާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

އައިސް އިން މިއަހަރު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގައި ތައުލީމު ހާސިލުކުރުމަށް 1.55 މިލިއަން ސްޓޫޑަންޓް ވިސާ ދޫކޮށްފައިވެ އެވެ.

އޭގެ ތެރެއިން 1.3 މިލިއަން ވިސާ ދޫކޮށްފައިވަނީ މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ބޭރުގެ ދަރިވަރުންނަށެވެ.