ބައްސާމް އަދީލް ޖަލީލް

ފީފާގެ ރައީސް އިންފަންޓިނޯގެ މަރުހަބާ ބައްސާމަށް

އެފްއޭއެމްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބު ވެވަޑައިގެންނެވުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބައްސާމަށް އެޑްރެސް ކުރައްވާ އިންފަންޓިނޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އިންތިހާބުވެ ވަޑައިގެންނެވި ބައްސާމް އާއި އޭނާގެ ދެ ނައިބުރައީސުންނާއި މިދިޔަ ދައުރުގައިވެސް އެކްސްކޯ ހިމެނި ދެ ވަނަ ފަހަރަށްވެސް އިންތިހާބުވި މެންބަރުންނާއި އަލަށް އިންތިހާބުވި އެކްސްކޯ މެންބަރުންނަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ފުޓްބޯޅައަށް (ބައްސާމް) ކޮށްދެވި މަސައްކަތާއި ރާއްޖެ އާއި ސަރަހައްދީ ފެންވަރުގައިވެސް ފުޓްބޯޅައިގެ ޑިވްލަޕްމެންޓަށް ކުރި މުހިންމު މަސައްކަތާއި މި ކުޅިވަރުގެ ވެލއު ޕްރަމޯޓް ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން އަވަސްވެ ގަންނަމެވެ." އިންފަންޓިނޯ ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް ދައުރުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް އޮތް ޗެލެންޖަށް، އިންފަންޓިނޯ ވަނީ ކާމިޔާބަށް އެދި ވަޑައިގެންފަ އެވެ. އަނެއްކާވެސް ބައްސާމް އާއެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

އިއްޔަ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީވެސް ވަނީ ބައްސާމަށް މަރުހަބާ ވިދާޅުވެފަ އެވެ.