އެފްއޭއެމް

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފީފާއިން އެއްލައްކަ ޑޮލަރު ދީފި

Dec 12, 2023
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ފީފާގެ ރައީސް
0%
0%
0%

އެފްއޭއެމްގެ މުވައްޒަފުންނަށް ދިނުމަށް އެއްލައްކަ ޑޮލަރު ފީފާ އިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްދީފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މިރޭ އަވަސްއާ ވާހަކަދެއްކެވި އެފްއޭއެމްގެ އިސް ބޭފުޅަކު ވިދާޅުވީ އެފްއޭއެމްގެ އެކައުންޓަށް ފީފާ އިން ޖަމާކޮށްދީފައިވާ އެއްލައްކަ ޑޮލަރުގެ އިތުރުން އަދި އިތުރު ދެ ލައްކަ ޑޮލަރު ޖަމާކޮށްދޭ ގޮތަށް އޮތީ ހަމަޖެހިފައި ކަމަށެވެ.

މިފައިސާ އަކީ އެފްއޭއެމްގެ މުވައްޒަފުންނަށް ފައިސާ ދިނުމަށާއި އެހެން އެއްވެސް ކަމަކަށް ހަރަދުނުކުރުމަށް ޝަރުތުކޮށް ދީފައިވާ ފައިސާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިފައިސާ ފީފާ އިން ޖަމާކުރަނީ ސީދާ ބޭންކް ތެރެއިން މިފައިސާ ދިވެހި ރުފިޔާއަށް މާރުކޮށް މުވައްޒަފުންނަށް ލިބޭ ގޮތް ހެދުމަށް. އަދި ބާކީ ދެ ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައި މިވަނީ މިހާރު ޖަމާކޮށްދީފައިވާ ފައިސާ މުވައްޒަފުންނަށް ދިން ގޮތުގެ ތަފްސީލް ފީފާއާ ހިއްސާކުރުމުން،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (މ)ގައި އަދި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް -- ފޮޓޯ: އަވަސް

އެފްއޭއެމްގެ ވަޒީފާއެއްގައި މުސާރަ ނުލިބި ހުރި މުވައްޒަފަކުވެސް ވަނީ އެ މުއްވަޒަފުންނަށް ފައިސާ ދިނުމަށް ފީފާ އިން އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަން ޔަގީންކޮށްދީފަ އެވެ.

އެފްއޭއެމްއަށް ބޭރުގެ އެކިއެކި އިދާރާތަކުންނާއި ސްޕޮންސަރުންގެ އަތުން ލިބޭ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާއަށް އެތަނުގެ އިސްވެރިން ހިޔާނާތްތެރިވެ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފަ އެވެ. އެފްއޭއެމްއަށް ފައިސާގެ އެތައް މައްސަލަތަކެއް ކުރިމަތިވެ ފުޓްބޯޅަ ލީގުވެސް ނުހިނގަ އެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހުއްޓުވާފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވަނީ ބައްސާމަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910