ހަބަރު

ވަރި، ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒް ކުރަނީ

Jul 8, 2020
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މީގެ ކުރިން އަވަސް އަށް އިންޓަވިއު ދެއްވަނީ. -- އަވަސް ފައިލް ފޮޓޯ
0%
0%
0%

ވަރި، ކައިވެނީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ މިނިސްޓަރު މުހައްމަދު މަލީހާ ޖަމާލާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީޓީސީ) އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވަރި، ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މަލީހް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ދާދި ފަހުން ލޯންޗުކުރި "ގެމެން" ޕޯޓަލްގެ ބައެއްގެ ގޮތުގައި މި މައުލޫމާތު ވާތީ އާއި، އަދި އެ ޕޯޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް މި މައުލޫމާތު މުހިންމުވުން ހިމެނެ އެވެ.

ގެމެން ޕޯޓަލް ފުރިހަމަ ވެގެންދާއިރުގައި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށްވެސް މީގެއިން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އަދި މަސައްކަތްތަކުގެ ހަރަދު ކުޑަވެ، އަވަސް ދުވެލީގައި ކުރިއަށް ގެންދެވޭނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން މި މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރެވޭކަމަށްވެސް މިނިސްޓްރީން އިތުރަށް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910