ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހުނު އިތުރު ދިވެއްސަކު މަރުވެއްޖެ

Jul 8, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ބުނީ މިއަދު މެނދުރު ފަހު 1:00 ޖަހާއިރު 70 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 13 ވަނަ މީހާ އެވެ.

ކޮވިޑް-19 ބަލި މާލޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްލޯކުރެވިފަ އެވެ. ކޭސްތައް ފެންނަ މިންވަރު މަދުވެފައިވާއިރު މިހާރު ސަރުކާރުން ވަނީ މާލޭގެ ލޮކްޑައުންއަށް ވެސް ބޮޑު ލުއި ތަކެއް ވެސް ދީފަ އެވެ.