އާސެނަލް

އާސެނަލްއިން ގިނަ ކަންކަން ދަސް ކުރަން ޖެހޭ

އާސެނަލްއިން ކުރިއަށް ދާން ބޭނުންނަމަ ގިނަ ކަންކަން ދަސް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އެއްވަރުވީ 84 ވަނަ މިނެޓްގައި ލެސްޓާގެ ޖެމީ ވާޑީ ކާމިޔާބު ކުރި ލަނޑުންނެވެ. އާޓެޓާ ބުނީ ލިޑް ނެގުމަށް ފަހު އެ ލީޑްގައި ހިފަހައްޓާނެ ގޮތް އާސެނަލްއިން ދަސްކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެން އަދިވެސް ގިނަ ކަންކަން ދަސް ކުރަން ޖެހޭ،" އާޓެޓާ ބުންޏެވެ. "މިކަހަލަ ޓީމުތައް އިދިކޮޅަށް ނުކުންނައިރު އެ ޓީމުތަކުގެ ފުރުސަތުތައް ބަންދު ކުރަން ޖެހޭ."

މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެޑްވާޑް ނިކެޓިއާ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

"މެޗަކީ 10 ކުޅުންތެރިންނާއެކު އަހަރެމެން ކުލެން ޖެހުނު ހަތަރު ވަނަ ފަހަރު، މިކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ، އަހަރެމެން ކޮޅަށް ވަން ގޯލާ މެދުވެސް އަހަރެން ހިތްހަމައެއް ނުޖެހޭ."