ވިޔަފާރި

ދުނިޔޭގެ އެންމެ ފުރިހަމަ 100 ހޮޓަލުގެ ފަސްވަނަ އިތާފުއްޓަށް

Jul 9, 2020

ލަގްޒަރީ ޓްރެވަލް މެގަޒިލް ޓްރެވަލް ލެޒާ އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 100 ހޮޓަލުގެ، ފަސް ވަނަ ރާއްޖޭގެ އިތާފުށި މޯލްޑިވްސްއަށް ލިބިއްޖެ އެެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މި މެގަޒިންގެ ކިޔުންތެެރިންގެ ހިޔާލުގެ މައްޗަށް ބަލައި އެކުލަވާލި މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ކެޕިއްލާ އުބު ބާލީ ރިސޯޓްއަށެވެ. އެ ހޮޓަލަށް ކިޔުންތެރިން ދީފައިވަނީ 99.85 ސްކޯ ލިބިފައިވެ އެވެ. އަދި ދެވަނަ އަށް ދިޔަ މެކްސިކޯގެ އަޕް އަމްޕާރޯ ސަން މިގުލަ ދެ އެލޭންދޭ ހޮޓެލް އަށެވެ.

މި ހޮޓަލަށް 99.23 ސްކޯ ލިބުނެއެވެ. އަދި ފޯގޯ އައިލެންޑް އިން، ނިއުފައުންޑް ލޭންޑް ކެނެޑާ ހޮޓެލްއަށް ލިބިފައިވަނީ ތިން ވަނަ އަށެވެ. އެ ހޮޓަލަށް ލިބިފައިވަނީ 99.02 ސްކޯ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ބްރޭންޑުން ހިންގާ ރިޒްކާލްޓަން ބާލީއަށް ހަތަރު ވަނަ ލިބި 98.85 ސްކޯ ލިބިފައިވެ އެވެ.

ލަގްޒަރީ ޓްރެވަލް މާކެޓުގައި މަގުބޫލު މި މަޖައްލާގެ ފަސް ވަނަ ރާއްޖޭގެ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށް ލިބިފައިވެ އެވެ. މި ރިސޯޓަށް 98.79 ސްކޯ ލިބިފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 23 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި މާލެ އަތޮޅުން ފަޅެއް ހިއްކައިގެން ހަދާފައިވާ މި ފުރިހަމަ ރިސޯޓު ހިންގަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ބްރޭންޑުގަ އެވެ. ވާލްޑޮފް އެސްޓޯރިއާ ހަދާފައިވާ ތިން ރަށުގައި 138 ގެސްޓް ވިލާ އާއި ހަ ރެސްޓޯރަންޓާއި ކެފޭ ފަދަ ގިނަ ވަސީލަތް ތަކެއް ވެސް ގާއިމް ކޮށްފައި ހުރެ އެވެ. މި ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ.

ވޮލްޑޯފް އެސްޓޯރިއާގައި މީގެ ކުރިން ވަނީ ދުނިޔޭގެ މަޝްހޫރު ތަރިން ޗުއްޓީ ހޭދަކޮށްފަ އެވެ. މީގެތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ތަރިއަކީ އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އެވެ. އޭނާ މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ އާއިލާއާ އެކުގަ އެވެ.

އެމެރިކާގެ ޓްރެވަލް ލެޒާ މެގަޒިންއަކީ 1937 ވަނަ އަހަރުން ފެށިގެން ނެރެމުން ގެންދާ މެގަޒިން އެކެވެ. އެމެރިކާގެ ނިއު ޔޯކްގައި މައި މަރުކަޒު ހުންނަ މި މެގަޒިން އަހަރަކު 12 ފަހަރު ނެރޭއިރު، މަޖައްލާގެ ކިޔުންތެރިންގެ އަދަދު 4.8 މިލިއަނަށް އަރަ އެވެ.