ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވިކްރޯޓިއާސް ސީކްރެޓުގެ ކުރީގެ މޮޑެލް ރާއްޖޭގައި

ވިކްޓޯރިއާ ސީކްރެޓުގެ ކުރީގެ މޮޑެލް އެލެސެންޑްރާ އަމްބްރޯސިއޯ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

މެއިލް އޮންލައިންގައިވާ ގޮތުން އެލެސެންޑްރާ އަމްބްރޯސިއޯ ބެލެނިވެރިކަން ހޯދާފައިވާ ދެ ކުދިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދަނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގަ އެވެ. އޭނާވަނީ 12 އަހަރުގެ އަންހެން ދަރިފުޅުގެ އުފަން ދުވަސް ވެސް އެ ރިސޯޓުގައި ފާހަގަ ކޮށްފަ އެވެ.

އޭނާ މީގެ ކުރިން ވެސް ރާއްޖެއަށް އައިސްފައިވެ އެވެ. މިފަހަރު ރާއްޖެ އައިސް ހިއްސާ ކޮށްފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި އުފާވެރި މަންޒިލަށް އަނބުރާ އާދެވިފައިވާ ކަމަށް ލިޔެފައިވެ އެވެ.

އުމުރުން 39 އަހަރުގެ މޮޑެލް ވަނީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަ ކުރަމުންދާ ވީޑިއޯތައް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ އެތައް މިލިއަން ބަޔަކު ބަލައި ގިނަ ބަޔަކު ވަނީ ޝެއާ ވެސް ކޮށްފަ އެވެ.

ރާއްޖެ ލޮކްޑައުންކޮށްފައިވާއިރު، މިހާރު އިތާފުށި މޯލްޑިވްސްގައި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ލޯބިވެރިޔާ އަދި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އަދި މި ނޫންވެސް ބައެއް ތަރިން ޗުއްޓީ ހޭދަ ކުރަމުންދާ ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ހުޅުވާލި ނަމަވެސް މިހާތަނަށް އެކަށީގެންވާ އަދަދަކަށް ޓޫރިސްޓުންނާދެ އެވެ. މިހާތަނަށް އައިސްފައިވަނީ 7،000 ޓޫރިސްޓުންނެވެ. ނަމަވެސް އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ މި އަހަރު ރާއްޖެ 120،000 ޓޫރިސްޓުން އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.