ނޭމާ

ނޭމާއާ ގުޅުވައި ބްރެޒިލްގެ ދެ ޑިރެކްޓަރުންގެ ރައްދު

ޕީއެސްޖީގެ ފޯވަޑް ނޭމާ އާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އޮލިމްޕިކް ލިޔޯންގެ ސްޕޯޓިން ޑައިރެކްޓާ ބްރެޒިލްގެ ޖުނީނިއޯ އަށް ޕީއެސްޖީން ސްޕޯޓިން ޑައިރެކްޓާ ބްރެޒިލް ލިއޮނާޑޯ ހޫނު ރައްދެއް ދީފި އެވެ.

އިނގިރޭސި ވިލާތުގެ ދަ ގަޑިއަން ނޫހަށް ދިން އިންޓަވިއުގައި، ބްރެޒިލްގެ ކުރީގެ މިޑްފީލްޑާ ޖުނީނިއޯ ބުނެފައި ވަނީ ނޭމާ ޕީއެސްޖީއަށް ބަދަލުވީ ފައިސާގެ ބޭނުމުގައި ކަމަށެވެ. ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭނާގެ ޓްރާންސްފާގެ ފީއަށް ޕީއެސްޖީން ވަނީ 222 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ.


މިދިޔަ އަހަރު ނޭމާ ވަނީ ބާސާ އަށް އަލުން ބަދަލު ވުމަށް މަސައްކަތް ކޮށްފަ އެވެ. ބާސާ އަށް އަލުން ބަދަލުވުމުގެ އެއްބަސްވުމާ ކައިރިއަށް ދެވުނު ނމަވެސް އެ ޓްރާންސްފާ ނާކާމިޔާބު ވީ ޕީއެސްޖީން ހުށަހެޅި ގޮތަށް ބާސާއިން އެއްބަސް ނުވުމުންނެވެ.

"ބަލާ ނޭމާ އަށް އޭނާ ޕީއެސްޖިއަށް ބަދަލުވީ ފައިސާގެ ބޭނުމުގައި،" ދަ ގަޑިއަންގެ އިންޓަވިއުގައި ޖުނީނިއޯ ބުންޏެވެ، ޕީއެސްޖީން އޭނާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭ، ނަމަވެސް މިހާރު އޭނާ ބޭނުންވަނީ ކޮންޓްރެކްޓް ހަމަ ނުވަނީސް އެ ޓީމު ދޫކޮށްލަން."

ޖުނީނިއޯ ބުނީ ކުލަބު ބަދަލު ކުރަން އުޅުމުގެ ބަދަލުގައި ނޭމާ ލީޑާޝިޕް ދައްކައި އެ ކުލަބަށްޓަކައި 100 ޕަސަންޓް ދައްކަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ގިނަ ފައިސާ ހޯދުން އެއީ ބްރެޒިލްގެ ފުޓްބޯޅައިގައި އޮތް ސަގާފަތެއް ކަމަށެވެ.

ޖުނީނިއޯގެ ވާހަކަތަކަށް ރައްދު ދިނީ، ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއޮނާޑޯ އެވެ. އޭނާ ބުނީ އަމިއްލަ ޓީމުގެ ވާހަކަ ނުދައްކައި ޕީއެސްޖީ އާއި ޕީއެސްޖީގެ ކުޅުންތެރިންގެ ވާހަކަ ޖުނީނިއޯ ދެއްކުމުގެ ބޭޏުމެއް ނުވިސްނޭ ކަމަށެވެ.

"އޮލިމްޕިކް ލިއޯންގެ ހާލަތާ ބެހޭގޮތުން އަހަރެމެން ވާހަކަ ދައްކަނީކީ ނޫން، އަހަރެން އެ ދެން އެ ކުލަބު ގާތުން އަހަރެމެންގެ ކުލަބާއި އަހަރެމެންގެ ކުޅުންތެރިންގެ ވާހަކަ ނުދެއްކުން." ލިއޮނާޑޯ ބުންޏެވެ. އެ މީހުންވެސް އެ މީހުންގެ ކުލަބާ ބެހޭގޮތުން ވާހަކަ ދެއްކިއްޔާ މާ ރަނގަޅު ވާނެ."