ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕީޖީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވެއްޖެ

Jul 9, 2020
1

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ އިދާރީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެހެންވެ، އެ އޮފީހުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މިއަދު އޮފީހުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކޮށްފައި ވަނީ ގޭގަ އެވެ. އަދި އޮފީސް ވަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ.

ޕޮޒިޓިވްވި މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެޗްޕީއޭއަށް ވަނީ އަންގާފަ އެވެ. މި ހަފުތާގައި އޮފީހުގައި މަސައްކަތްކުރި މުވައްޒަފުން އަންނަ އާދީއްތަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ ގޭގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަދި، ޖުލައި ފަހަކުން ފެށިގެން މިއަދާ ހަމައަށް ގޭގައި މަސައްކަތްކުރި މުވައްޒަފުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހުގައި މަސައްކަތްކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.