ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިތުރު މުވައްޒިފަކު ޕޮޒިޓިވްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިތުރު މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މަޖިލީހުން މިއަދު ޕޮޒިޓިވްވީ އެތަނުގެ ޑްރައިވަރެކެވެ. އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައެވެ. ބައެއް މުވައްޒިފުން ވަނީ ގެއަށް ފޮނުވާފައެވެ. އަދި އެޗްޕީއޭއާ ގުޅިގެން ކޮންޓްކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެ ކުރިންވެސް މަޖިލީހުގެ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެ ފަހަރު ޕޮޒިޓިވްވީ މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުވައްޒިފެކެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ މަޖިލީސް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. އަދި 29 މުވައްޒިފަކު ވަނީ އެކަހެރިކޮށްފައެވެ.