ޗެލްސީގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔޫރަޕްގެ މުބާރާތުން ޖާގަ ހޯދުމުގެ އުންމީދު ޝެފީލްޑް ޔުނައިޓެޑުން އާ ކޮށްފި އެވެ.
އަދި ރަހީމް ސްޓާލިންގެ ހެޓްރިކާއެކު މެންޗެސްޓާ ސިޓީން ވަނީ، ބްރޮއިޓޮން ހޯވް އެލްބިއޯގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ލަނޑު ޖަހާފަ އެވެ.
ޗެލްސީ ބަލިވުމުން، ގަދަ ހަތަރެއްގެ ރޭސް ވަނީ އިތުރަށް ފޯރިގަދަ ވެފަ އެވެ. މިރޭ ބޯން މައުތުއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ލެސްޓާ ސިޓީއަށް އަލުން ތާވަލުގެ ތިން އަށް ޖެހިލެވޭނެ އެވެ. ހޯމަ ދުވަހުގެ ރޭ ސައުތު ހެމްޓަން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މެންޗެސްޓާ ޔުނައިޓެޑަށް ގަދަ ހަތަރަކަށް ވަދެވޭނެ އެވެ.
ޝެފީލްޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޭވިޑް މެކް ގޯލްޑްރިކް އެވެ. ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި އޮލީ މެކް ބުރުނީ ކާމިޔާބު ކުރީ އެންޑާ ސްޓީވަންސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ތިން ވަނަ ލަނޑު 77 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގޯލްޑްރިކް އެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރު ކޮށްފައި ވިޔަސް، މެންޗެސްޓާ ސިޓީގެ ކުރިމައްޗަށް އޮތް އިމްތިހާން ބޮޑެވެ. ސްވިޒަލޭންޑްގެ ލުޒާންގެ ސްޕޯޓްސް އަބިޓްރޭޝަން ކޯޓަށް ސިޓީން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައަށް މާދަމާ ހުކުމް އިއްވާނެ އެވެ. ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތުން ސަސްޕެންޑް ކޮށްފައިވާ ސިޓީއަށް މާދަމާ ކޯޓުން ހުކުމް އަންނާނެ ގޮތެއް ނޭންގެ އެވެ. އެ ޓީމު ކޮޅަށް މައްސަލަ ނުނިމިވެސް ދާނެ އެވެ. އެކަންބޮޑުވުން ވެސް އެބައޮތެވެ.
ނަމަވެސް ބްރޮއިޓޮ އާ ދެކޮޅަށް ސިޓީ ކުޅުނީ އެފަދަ އެއްވެސް ކަންބޮޑުވުމެއް ނެތިހެން ހީވެއެވެ. ދަނޑުމަތިންނާއި ކުޅުންތެރިންގެ މޫނު މަތިންވެސް އެފަދަ އެއްވެސް އިހްސާސެއް ނުފެނެ އެވެ. ބްރޮއިޓޮން އާ ދެކޮޅަށް ސިޓީގެ ކުޅެމުން ދިޔައީ ތަފާތު ރޫހެއްގައި އެ ޓީމުގެ ސްޓައިލް މެޗުން ފެނުނެވެ. ރަހީމް ސްޓާލިންގެ ހެޓްރިކެވެ. މިއީ ޖެހިޖެހިގެން 5-0 ން ސިޓީ މޮޅުވި ދެ ވަނަ މެޗެވެ. ސިޓީގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ފެނާންޑޯ ގެބްރިއަލް ޖެސީސީ އާއި މޮޓާ ބެނާޑޯ ސިލްވާ އެވެ.
ބުރާސްފަތި ދުވަހު ނިއުކާސަލްގެ މައްޗަށްވެސް ސިޓީ މޮޅުވީ 5-0 ންނެވެ.