ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުޅުވިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިއަދު

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް 67 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިދިޔަ ތިން ދުވަހަކީވެސް ކޮވިޑްގެ ބަލި މީހުން ގިނަ އަދަދަކަށް ފެނުނު ތިން ދުވަހެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ މީހެއް ކަމަށެވެ.

އިއްޔެ ޕޮޒިޓިވްވީ 47 މީހުންނެވެ. އޭގެ ކުރީ ދުވަހު 64 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,731 އަށް އަރާފަ އެވެ.

މިދިޔަ 24 ގަޑިއިރުތެރޭ 1،602 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 16 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،284 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 419 މީހުންނެވެ.

ކޮވިޑަށް 61،819 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.