ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކޮންޓެކްޓުން ވަރަށް ބޮޑަށް އިތުރުވެއްޖެ: އެޗްޕީއޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބަލި ޖެހޭ މީހުންގެ ކޮންޓެކްޓުން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ވަނީ މިދުވަސްވަރު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ މީހުން ކޮންޓެކްޓްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ހަފްލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދާތީ ކަމަށެވެ.

އެޗްޕީއޭއިން މިރޭވެސް ވަނީ ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ ކުރިން އެ އެޖެންސީން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގުންތަކަށް އަމަލު ކުރުމަށް ހަނދާން ކޮށްދީފައެވެ.

އެގޮތުން 30 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވުމަށާ ކޮންމެހެން ބާއްވަންޖެހޭ ބައްދަލްވުންތަކަށް ފިޔަވައި ދިއުމަށާއި އޮފީސް ބައްދަލްވުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ލޮކްޑައުންއަށް ލުއިދިންފަހުން މިދިޔަ ދެތިން ދުވަހު ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެންމެ ގިނައިން ޕޮޒިޓިވްވަނީވެސް ދިވެހިންނެވެ. އިއްޔެ އެކަނިވެސް 67 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއެކު އެއްވުންތަކާއި މުޒާހާރާތައް އަދި ޖަލްސާތައް ވަނީ ބާއްވަން ފަށާފައެވެ. އަދި އެކި ބައްދަލްވުންތައްވެސް ދަނީ ބާއްވަމުންނެވެ.