ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 30 ބަލި، ގަދަވީ 19 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށާ 19 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 948 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 30 މީހުން ކަމަށެވެ. މިއަދުވެސް ގިނައީ ދިވެހިންނެވެ. އެއީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,831 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،321 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 482 މީހުންނެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ ކުޑަފަރީ އެކަންޏެވެ.

ކޮވިޑަށް 64،239 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 14 މީހަކު ވަނީ މަރުވެފަ އެވެ.