ހަބަރު

ނެޝަނަލް ރެޖިސްޓްރޭޝަންގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ބައެއް ހިދުމަތްތައް އޮންލައިންކޮށްފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ބުނީ، އެ މިނިސްޓްރީގެ ދަށުން ހިންގާ ‏ޑީއެންއާރު (ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން)ގެ އެޕޮއިންޓްމަންޓް އުސޫލުން ދެމުން އައި ހިދުމަތަށް ވަނީ ބަދަލުތައް ގެނެސްފައި ކަމަށެވެ. އެގޮތުން ޑީއެންއާރުގެ ހިދުމަތްތަކަށް އެދި ދެން ހުށަހެޅޭނީ އޮންލައިންކޮށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. 

މީގެ އިތުރުން، އެ ޑިޕާޓްމަންޓަށް ހުށަހަޅާ ފޯމުވެސް މީގެ ފަހުން އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ބުންޏެވެ. އެ ޑިޕާޓްމަންޓުވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވެބް އެޑްރެސް ⁦‪dnr.gov.mv‬⁩ ބޭނުންކުރުމަށް ވަނީ އެދިފަ އެވެ.

ކޮވިޑް 19ގެ ސަބަބުން ގިނަ އިދާރާތަކުގެ ހިދުމަތްތައް ވަނީ އޮންލައިން ކޮށްފަ އެވެ. މިނިސްޓްރީތައް ހުޅުވިކަމުގައި ވިޔަސް ކައުންޓަރުގައި ދެމުން އައި ގިނަ ހިދުމަތްތައް އަދިވެސް ދަނީ އޮންލައިން ކުރަމުންނެވެ.