ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 600 ޓެސްޓުން ޕޮޒިޓިވް 14

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 623 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 14 ސާމްޕަލެވެ. ގިނައީ ދިވެހިންނެވެ. 14 މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ ތިން މީހުންނާއި އިންޑިއާ މީހެކެވެ.

މިއަދު ޕޮޒިޓިވްވީ 14 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,913 އަށް އަރާފައެވެ.

ކޮވިޑަށް މިހާތަނަށް 65،799 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އެ ބަލީގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ. އިއްޔެ މަރުވެފައިވަނީ 42 އަހަރުގެ ދިވެއްސެކެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

މިއަދުގެ މިހާތަނަށް ކަރަންޓީންގައި ތިބީ 32 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 459 މީހުންނެވެ.

މިވަގުތު އެޗްޕީއޭގެ މޮނިޓަރިންގައި އޮތީ މާލެ ސިޓީގެ އިތުރުން ނ. ކުޑަފަރިއެވެ.