ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ގަދަވީ އެންމެ މީހެއް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ގަދަވީ އެންމެ މީހެއް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ 14 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2,913 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގަދަވީ އެންމެ މީހެއް ކަމަށެވެ. މިއަދުގެ ނިޔަލަށް ކޮވިޑުން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2،340 އަށް އަރާފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 80.68 ޕަސެންޓެވެ.

މިވަގުތުވެސް 36 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 132 ދުވަސް ވީއެވެ. މިހާތަނަށް 65،799 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.