ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޝްވާރިޔާ ރާއީ

އައިޝްވަރިޔާ ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އައިޝްވަރިޔާ ރާއީ ބައްޗަން އާއި ދަރިފުޅު އާރާދިޔާ ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ ދެ މައިންގެ ހަށިގަނޑުގައި ވައިރަސް ހުރިކަން އެނގުނީ އައިޝްވަރިޔާގެ ބަފައިބެ އަމީތާބު ބައްޗަން އާއި ފިރިމީހާ އަބީޝެކް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އާއިލާގެ އެންމެން ޓެސްޓްކުރި ކުރުމުންނެވެ.

ނަމަވެސް ފާއިތުވީ ދުވަސްތަކުގައި އައިޝްވަރިޔާ އާއި އޭނާގެ ދަރިފުޅު ތިބީ ގޭގައި ކަރަންޓީނު ވެގެނެވެ. ނަމަވެސް ހުކުރު ދުވަހު ދެ މައިން ވެސް ހުން ގަދަވެ ނޭވާ ކުރުވާ ގޮތް ވާން ފެށުމުން މިހާރު ވަނީ ނާނާވަތީ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށާފަ އެވެ. އަމީތާބާއި އަބީޝެކް ވެސް އެޑްމިޓްކޮށްފައި ވަނީ އެ ހޮސްޕިޓަލުގަ އެވެ.

އަމީތާބަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކުރިކަން މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރީ ޚުދް އޭނާ އެވެ. އަދި ފަހުން އަބީޝެކް ވަނީ އޭނާވެސް ޕޮޒިޓިވް ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭގެ އެއް ދުވަސް ފަހުން އަބީޝެކް ވަނީ އޭނާގެ އަންހެނުން އައިޝްވަރިޔާ އާއި ދަރިފުޅު އާރާދިޔާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް މަންމަ ޖާޔާ ބައްޗަން އާއި ގޭގައި ދިރިއުޅޭ އެހެން އެންމެން ނެގެޓިވް ކަމަށް ބުނެފަ އެވެ.

އަމީތާބުގެ އާއިލާގެ ގިނަ ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން އޭނާގެ މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ 25 މީހަކު ވެސް ޓެސްޓްކުރި އެވެ. ނަމަވެސް މި އެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ހޮސްޕިޓަލުގައި އޮވެގެން އަމީތާބު ބޮލޮގް ލިޔެ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުން ގެންދެ އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.