ހަބަރު

އަސްކަރީ ތަމްރީނުތަކެއް ކުރިއަށްދާތީ ސަމާލުވާން އެދެފި

Jul 18, 2020

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ ސަމާލުވާން އެދެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށްށް ކޮންމެ ދުވަހެއްގެ ހެނދުނު 6 އަކުން ހަވީރު 6 އަށް ބާއްވާ ހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދަނީ ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭރު ބޭރުގައި އަދި ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން ފަސް ނޮޓިކަލް މޭލު ބޭރުގަ އެވެ.

ތަމްރީނު ކުރިއަށްދާއިރު ބަޑިޖެހާނެތީ އެކަމަށް ސަމާލުވާން އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބަޑިޖަހާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި އުސްމިނަކީ 100 މީޓަރެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާނީ މެޝެން ފަޔާ ގަން އެވެ.