ވަޒީފާއާބެހޭ ޓްރައިބިއުނަލް

ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

Jul 18, 2020
4

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް، އަމްޖަދު މުސްތަފާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމުން އަމްޖަދު އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަމްޖަދު އިސްތިއުފާ ދެއްވީ އެ އިދާރާގެ އެތެރޭގެ ބައެއް ކަންކަން ހުރި ގޮތުން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާނެ މާހައުލެއް އެތަނުގައި ނެތިގެނެވެ.

އަމްޖަދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ މާޗު މާހުގެ 16 ގައެވެ.