ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 17 ބަލި، ގަދަވީ 14 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 17 މީހުން ކަމަށާ 14 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 948 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 17 މީހުން ކަމަށެވެ. މިއަދުވެސް ގިނައީ ދިވެހިންނެވެ. އެއީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނާއި ސްރީލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,930 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 14 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،354 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 546 މީހުންނެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ ކުޑަފަރީ އެކަންޏެވެ.

ކޮވިޑަށް 66،606 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 15 މީހަކު ވަނީ މަރުވެފަ އެވެ.