ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: އަލަށް ޕޮޒިޓިވްވީ 36 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 36 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާ ދެ މީހުން ކަމަށެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 2,966 އަށް އަރާފަ އެވެ.

މިއަދު ބަލިން ރަނގަޅުވީ 8 މީހުންނެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 546 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 433 މީހުންނެވެ. ކަރަންޓީންގައި ތިބީ 21 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.