ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: އަލަށް ޕޮޒިޓިވްވީ 36 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 33 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި ހިމެނެނީ 23 ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާ ހަތަރު މީހުން ކަމަށެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 2,999 އަށް އަރާފަ އެވެ.

މިއަދު ބަލިން ރަނގަޅުވީ ހަތް މީހުންނެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 600 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 475 މީހުންނެވެ. ކަރަންޓީންގައި މިވަގުތު އެއްވެސް މީހެއް ނެތެވެ.

ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.